image

ޤައުމީ ދާރުލްއާސާރު

  1. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
  2. އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
  3. ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި، ގިނަދުވަހު ހުންނާނޭހެން ފަރުވާދިނުމާއި އެތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
  4. ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާބެހޭ މަޢުލޫމާތު އާންމުކުރުން.
  5. ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މަޢުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރުކުރުމާއި، އެތަކެތި އާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  6. އަމިއްލަފަ ރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމުކޮށްގެން ބަލަހައްޓާނެގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
  7. އާސާރީ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި، އެ ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
  8. ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
  9. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާބެހޭ ދިރާސާތައް ކުރާނެގޮތާއި މަޢުލޫމާތު މުއްސަނދިކުރުމަށް މަސައްކަތް ކުރާނެގޮތާއި މަޢުލޫމާތު ދޭނެގޮތާ ބެހޭގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
  10. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނެގޮތަށް ފަރުވާދީ ބަލަހައްޓާނެގޮތާއި ފަރުވާދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަކުރަންޖެހޭނެ ކަންކަމާބެހޭގޮތުން އިރުޝާދުދީ އެހީތެރިވެދިނުން.