image

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު

  1.  ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން.
  2. ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ ޢިލްމުތައް ހޯދައި، އެ ޢިލްމުތައް ދިވެހިރާއްޖެއާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން.
  3. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ގުޅޭ ޢިލްމީ އަދި ފަންނީ ދިރާސާތައްކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި، އެ މައުލޫމާތު އަދާ ހަމަކޮށް ބެލެހެއްޓުން.
  4. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އައު ޓެކްނޯލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައްކުރުމުގައި އެކަންކަން ތަޢާރަފުކުރުން.
  5. ބޭރުގެ ބަސްބަހުން ލިޔެ އުފައްދާފައި ހުންނަ ޤައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާ ގުޅޭ ޢިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހީންގެ ހާލަތަށް ވެހިކުރުން.
  6. ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތު (ދިވެހިވަންތަކަން)އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދާފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  7. ދިވެހިރާއްޖެއާ ދިވެހީންނާއި ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން.
  8. ޓެކްނޯލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށްޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
  9. ދިވެހި ޤައުމިއްޔަތު އާލާކުރުމާ ގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި ޢިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
  10. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމާއި، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ހިންގުން.
  11. ސަރުކާރުގެ އިދާރާތަކާއި ތައުލީމާއި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  12. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި އިންތިޒާމުކުރުން.
  13. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމުގެ މާއްދާތަކާއި މުގައްރަރުތައް އުފަންކުރުމާއި އެކުލަވައިލުމުގައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  14. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  15. ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާކުރުމުގައި ދިވެހިވަންތަކަން ގެނެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުން.
  16. ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުމާއި، މަސައްކަތްތަކާގުޅޭ އެންތޮލޮޖީތައް ކަނޑައެޅިފައިވާ މުއްދަތުތަކުން ޝާޢިއުކުރަމުން ގެންދިޔުން.
  17. ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ކަންކަން އިންތިޒާމުކޮށް، އެ އިސްވަރުގެ އިދާރީ ކަންކަން ބެލެހެއްޓުން.
  18. މަރުކަޒުގެ މަސައްކަތްތަކާ ގުޅިގެން އުފައްދާ ވަރުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް، އެ ވަރުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.