“ލޯމާފާނާއި ދިވެހީންގެ ތާރީޚް”ގެ ނަމުގައި ދަރިވަރުންނަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި.

ލޯމާފާނާއި ދިވެހީންގެ ތާރީޚްގެ ނަމުގައި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝަން ކުރިއަށް ދިޔައީ މިއަދު ޤައުމީ ދާރުލްއާސާރުގައެވެ.

މި ސެޝަންގައި ލޯމާފާނާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްދެއްވީ މި ވުޒާރާގެ ތާރީޚާ ބެހޭ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ.

ސްކޫލް ދަރިވަރުންނާއި ބެލެނިވެރީންވެސް ބައިވެރިވި މި ސެޝަން ޝަރަފުވެރިކޮށްދެއްވައި ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަލީ ޞަފްވާން ވިދާޅުވީ، ދިވެހި ތާރީޚުން ފިލާވަޅު ލިބިގަތުމަށްޓަކައި ތާރީޚާއި ތަރިކައަށް ލޯބި ޖެހެން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ދަރިވަރުންގެ ހިތްތަކުގައި މި ލޯބި އުފެދުން މުހިންމުކަމަށާއި ފެންނަންހުރި ތަރިކަތަކުން ބުނާ ވާހަކަތައް ގިނަގިނައިން އިވެން ޖެހޭ ކަމަށާއި، އެވާހަކަތަކަށް އެކުދީންގެ ޝައުގު ހުރުން މުހިންމު ކަމަށެވެ. އަދި އާސާރުތަކުގައި ހުރި ތަކެތީން ދައްކުވައިދެނީ ޤައުމުދެކެ ލޯބި ވާންވީ ސަބަބުތައް ކަމަށެވެ.

މި ސެޝަންގައި ތާރީޚާ ބެހޭ މުޝީރު އަޙްމަދު ޢަލާ ދީދީ ވަނީ ލޯމާފާނުގެ ތާރީޚަށް ފުން ނަޒަރަކުން ބައްލަވާލައްވައިފައެވެ. އެގޮތުން ލޯމާފާނުން ލިބެން ހުރި މައުލޫމާތާއި ޚަބަރުތަކާއި، މީގެ ތެރޭގައި އެންމެ އެވޭލާ ރަސްކަންތައް ފެށިގެން އައި ނަންތަކާއި، އެޒަމާނުގައި ތާރީޚް ޖަހާ އުޅުނު ގޮތާއި، ސަނަތު ބެލި ގޮތަށް ވެސް ޢިލްމީ ނަޒަރަކުން ބައްލަވާލައްވާފައިވެއެވެ.

20 ޛުލްޙިއްޖާ 1445

26 ޖޫން 2024

Scroll to Top