ވަޒީރު އާދަމް ނަޞީރު އިބްރާހީމް ގދ ވާދޫ ކައުންސިލާ ބައްދަލުކުރައްވައިފި.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހުވަދުއަތޮޅު ދެކެނުބުރީ ވާދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މި ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ވާދޫ ކައުންސިލުން ވަނީ ވާދޫގައި ހުރި އާސާރީ ތަންތަނާ ބެހޭ އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރައްވާފައެވެ. އަދި ވާދޫގައި ހުރި ތާރީޚީ ތަންތަން ތަރިކައިގެ ލިސްޓުގައި ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު ދެއްކެވި ވާހަކަފުޅުގައި ވާދޫގެ ދިގު އަދި މުއްސަނދި ތާރީޚު ރައްކާތެރިކުރުމަށް ހުރިހާ ރައްޔިތުންވެސް ހޭލުންތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ތާރީޚާއި ތަރިކައިގެ ރޮނގުން މަތީ ތައުލީމާއި ފަންނީ ތަޖުރިބާ ހޯދައިދީ، މީހުން ބިނާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވާދޫ ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ކައުންސިލް ރައީސާއި ނައިބު ރައީސް އަދި ކައުންސިލް މެމްބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.