ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފި.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފި. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މި ވުޒާރާގައެވެ. މި ބައްދަލުވުމަށް ކައުންސިލްގެ ރައީސްގެ އަރިހުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވެސް ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ދާންދޫގައި ހުރި އާސާރީ ތަނެއް ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރުގައި […]