ޚަބަރު

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ ރައީސާ ބައްދަލު ކުރައްވައި އަޟްޙާ ޢީދުގެ ހަރަކާތްތަކާއި ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި.

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ ރައީސާ ބައްދަލު ކުރައްވައި އަޟްޙާ ޢީދުގެ ހަރަކާތްތަކާއި ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި. ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތިން ރަށުގެ ތެރޭގައި ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން އެރަށު ކައުންސިލްގެ ރައީސާ ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިއަދު ދިވެހިބަހާއި ސަގާފަތާއި […]

ވަޒީރު އާދަމް ނަޞީރު އިބްރާހީމް މުލަކަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް މުލަކަތޮޅު ކައުންސިލާ ބައްދަލުކުރެއްވައިފި. ވަޒީރު އާދަމް ނަޞީރު އިބްރާހީމް މުލަކަތޮޅު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމަކީ އެ އަތޮޅުގެ ރަށްތަށުގައި ހުރި މި ވުޒާރާއާ ގުޅުން ހުރި ދާއިރާތަކާ ގުޅޭ މައްސަލަތަކާއި ދަތިތައް ވަޒީރާ ހިއްސާކުރުމުގެ އިތުރުން، އަތޮޅުގެ އާސާރީ ސަގާފަތް ދިރުވައި އާލާ ކުރުމަށް ދެފަރާތް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ޚާއްޞަކޮށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި.

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ޚާއްޞަކޮށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި. ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް، ނޫސްވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޖޫން މަހުގެ 2 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދާ، ޖުމްލަ 24 ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ހުރިހައި ބޭފުޅުންނަކީ ވެސް ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ނޫސްވެރިކަން

މިއަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރާ ތިން ރަށް އިޢުލާންކޮށްފި.

މިއަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރާ ތިން ރަށް އިޢުލާންކޮށްފި. 1445ވަނަ އަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމަށް 25 އެޕްރީލްގައި މި ވުޒާރާއިން ކުރި އިޢުލާނަށްް ލިބުނު ޕްރޮޕޯސަލްތައް ބަލައި, ވަޒަން ކުރުމަށްފަހު, 1445ވަނަ އަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރަން ކަނޑައެޅުނު 03 ރަށް އިޢުލާންކޮށްފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ އެ ތިން ރަށް އިޢުލާން ކުރުމަށް މިއަދު މި ވުޒާރާގެ ފަރާތުން ގެޒެޓްގައި ޝާއިޢުކުރި އިޢުލާން

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި.

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު, ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް އައި ޓީމުތަކާއި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުން 1 ހަފްތާއަށް ކުރިއަށް ގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުން 1 ހަފްތާއަށް ކުރިއަށް ގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި. ދިވެހިރާއްޖޭގެ 59  ވަނަ މިނިވަން ދުވަހުގެ އިޙްތިފާލްތައް އެއް ހަފްތާއަށް ދިގު ދެމިގެންދާ ގޮތަށް ބާއްވަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން އިޢުލާން ކުރައްވައިފިއެވެ. މިކަން އިޢުލާން ކުރެއްވީ ދިވެހި ބާހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި މި

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަކީ “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަކީ “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަކީ “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި އެކަން އިޢުލާން ކުރައްވައިފިއެވެ. މިކަން އިޢުލާން ކުރައްވާފައި ވަނީ މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ދިޔަ މި ވުޒާރާގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ސަރުކާރުން ވަނީ މިއަހަރު އެއް ހަފްތާގެ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރީންނާ މައުލޫމާތު ހިއްސާކުރައްވައިފި.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރީންނާ މައުލޫމާތު ހިއްސާކުރައްވައިފި. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފާއިތުވި 6މަސް ދުވަހުގެ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރީންނާ މަޢުލޫމާތު ހިއްސާކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރީންނާ މަޢުލޫމާތު ހިއްސާ ކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. ވަޒީރުގެ އަރިހުގައި ވަޒީރުގެ ދެ ނައިބުން ކަމަށްވާ އަޙްމަދު އަނޫޝް އަދި ވަދީފާ

އަރިޑް ސައިންޓިފިކް ޕްލެޓްފޯމްގެ މުއައްސިސާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރައްވައިފި

އަރިޑް ސައިންޓިފިކް ޕްލެޓްފޯމްގެ މުއައްސިސާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރައްވައިފި       އަރިޑް ސައިންޓިފިކް ޕްލެޓްފޯމްގެ މުއައްސިސް އަދި ސީއީއޯ ޑރ. ސައިފް އައްސުވައިދީއާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ. ވުޒާރާގެ ގިނަ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު މި ބައްދަލުކުރެއްވުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.       އަރިޑް ސައިންޓިފިކް ޕްލެޓްފޯމަކީ ސައިންޓިފިކް ރިސަރޗް ގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތްކުރާ ރިސަރޗަރުންގެ ޓީމެއްގެ މައްޗަށް

“ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަން ފާސްކޮށް، ފަރުވާގެ ދިރާސާ މަރުޙަލާ ފަށަނީ

“ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަން ފާސްކޮށް، ފަރުވާގެ ދިރާސާ މަރުޙަލާ ފަށަނީ ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ކިޔާނެ ނަމެއް ކަނޑައަޅުއްވައި އެ ނަން ފާސްކުރައްވައިފިއެވެ. ބަސްކޮމިޓީން ނިންމައިފައި ވަނީ “ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކީ “ޅެންފަރުވާ” ކަމަށެވެ. އަދި ދިވެހިބަހުގައި އެ ނަމުގެ މާނައަކީ “ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ

Scroll to Top