ޚަބަރު

ކަލާފާނު ޒިޔާރަތް އާބާރުތަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިނގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމާއި، މާއްދީ އެހެން ތަރިކަތައް […]

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމަށް ސައިކަލުބުރެއް ބާއްވައިފި

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު “އެކުވެރިކަމުގެ ފިނިބުރު 2025” ގެ ނަމުގައި ސައިކަލުބުރެއް ބާއްވައިފިއެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ފިނިބުރުގައި މި ވުޒާރާގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު މި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ހަވީރު 16:30ގައި ހެދިގޮނޑުދޮށް ސަރަހައްދުން ފެށި

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި ބެހޭ ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ޕެނަލް ޑިސްކަޝަނެއް!

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 6 ވަނަ ދުވަހު ފާހަގަ ކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި ބެހޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. ދިވެހި ޤައުމިއްޔަތުގެ މަދަކީ އިސްލާމްދީން” މި މައުޟޫޢަށް ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަނަކީ މި މިނިސްޓްރީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާފައިވާ ޕެނަލް ޑިސްކަޝަނެކެވެ. މި ވުޒާރާގެ ވަޒީރުގެ ނައިބު ޢާއިޝަތު ޝިމްލާ މޮޑަރޭޓް

ޤައުމިއްޔަތު މަޝްރޫޢު އަތޮޅުތަކަށް ތަޢާރަފް ކުރުމުގެ ފެށުން ހއ. އުތީމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ތަޢާރަފުކުރުމުގެ ހަރަކާތް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ފެށުމުގެ ރަސްމިއްޔާތު ހއ. އުތީމުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު އުތީމުގައި ކުރިއަށް ގެންގޮސްފައިވަނީ 27 ފެބުރުވަރީ 2025 ވަނަ ދުވަހު ހެނދުނު އެވެ. މި ރަސްމިއްޔާތުގައި ހއ. އަތޮޅުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ހއ.އުތީމުގެ ދައުލަތުގެ މުވައްސަސާތަކުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު

ހިޔަވިހާ ނަކަތުގެ ސިންތާ ބާއްވައިފި

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ހިޔަވިހާ ނަކަތުގެ ކަޅުއޮއްފުންމި ސިންތާ ބާއްވައިފިއެވެ. މި ސިންތާއަކީ އިސްވަރު މެންޑޭޓުގެ ތެރޭ ހިމެނޭ ހަރަކާތެކެވެ. “ދިވެހިން ތަޖުރިބާ ކުރި މޫސުމީ ކާރިސާތަކަށް އިލްމީ ކަޅިއެއް” މި މައުޟޫޢަށް ކުރިއަށްގެންދިޔަ މި ސިންތާގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ މޫސުމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު، ޙުސައިން ވަޙީދެވެ. ކީރިތި ޤުރްއާން ކިޔެވުމަށް ފަހު،  މި ސިންތާފެށިގެން ދިޔައީ ދިވެހި ތާރީޚުގެ އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރުގެ

13 ވަނަ “ކޮންފަރެންސް އޮފް މިނިސްޓަރސް އޮފް ކަލްޗަރ އިން ދަ އިސްލާމިކް ވޯރލްޑް”ގައި ވަޒީރު ބައިވެރިވެވަޑައިގެންފި

ފެބުރުވަރީ 12 އިން 13 އަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ދިޔަ 13 ވަނަ “ކޮންފަރެންސް އޮފް މިނިސްޓަރސް އޮފް ކަލްޗަރ އިން ދަ އިސްލާމިކް ވޯރލްޑް”ގައި ވަޒީރު އާދަމް ނަޞީރު ބައިވެރިވެވަޑައިގެންފިއެވެ. މި ކޮންފަރެންސްގައި ވަޒީރު ވަނީ ދިވެހި ބަހުގެ އަސްލާއި ދިވެހީންގެ ތާރީޚާއި ގުޅޭގޮތުން ތަޤުރީރުކުރައްވާފައެވެ.  ވަޒީރުގެ ތަޤުރީރުގައި  ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ދިވެހި ބަހުގެ އަސްލާހީ

ރިޔާސީ ބަޔާން 2025 | ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް، ޒަމާނީ އިންޤިލާބީ ބަދަލުތަކެއް

ރިޔާސީ ބަޔާން 2025 ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް، ޒަމާނީ އިންޤިލާބީ ބަދަލުތަކެއް ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިވެހީންގެ އަމިއްލަވަންތަކަން ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ މަސައްކަތްތަކުގެ ތެރޭން މި ހިނގާ 2025ވަނަ އަހަރު ވަރަށް ތަފާތު އާ ކަންތައްތަކެއް ފެށިގެން ދާނެކަމަށް މި އަހަރުގެ ރިޔަސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރައްވައިފިއެވެ. ޤައުމެއް ދެމި އޮތުމުގެ ވިސްނުމަކީ ނުވަތަ ޤައުމިއްޔަތަކީ ޤައުމެއްގެ އެންމެ އަސާސީ މަޞްލަޙަތުކަމަށް ވިދާޅުވެ އެ ދާއިރާއަށް މި އަހަރުތެރޭ ގެންނާނެ ކުރިއެރުންތަކުގެތެރޭގައި

ތަރިކަރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް  މާއްދީ ތަރިކަތައިގެ ދާއިރާ ތަރައްޤީކުރުން.

ތަރިކަރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް  މާއްދީ ތަރިކަތައިގެ ދާއިރާ ތަރައްޤީކުރުން. ތަރިކަރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް  މާއްދީ ތަރިކަތައިގެ ދާއިރާ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އުތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އުތީމު ގަނޑުވަރުގެ ޙިމާޔަތުގައި

ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ދެ ސިފައެއް ޢަބްދުﷲ ޞާދިޤުގެ ޅެންތަކުން ފެނޭ.

ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ދެ ސިފައެއް ޢަބްދުﷲ ޞާދިޤުގެ ޅެންތަކުން ފެނޭ. ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ދެ ސިފައެއް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤުގެ ޅެންތަކުން ފެންނަކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ޢަބްްދުﷲ ޞާދިޤުގެ ޅެންވެރިކަމުގެ މަައްޗަށް ވާހަކަފުޅު ދަައްކަވަމުން ވަޒީރު ވިދާޅުވީ، ޅެމެއް ތަހުލީލުކުރާ އިރު، ބެލޭ ވަރަށް މުހިންމު އެއް ކަމަަކީ ޅެންވެރިޔާއާއި އެ ޅެމަކާ ހުރި ގުޅުމުގެ

ޒުވާން ޅެންވެރީން ބިނާކުރުމަށް ޓަކައި މިއަހަރު ޚާއްޞަ ޙަރަކާތްތަކެއް ހިންގޭނެ

ޒުވާން ޅެންވެރީން ބިނާކުރުމަށް ޓަކައި މިއަހަރު ޚާއްޞަ ޙަރަކާތްތަކެއް ހިންގޭނެ މި އަހަރަކީ ޒުވާނުންނަށް ޚާއްޞަކޮށްގެން ޅެންވެރިކަމުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގޭނެ އަހަރެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހި ދިރުވައި އާލާކުރުމަށް ޓަކައި ބުރަ މަަސައްކަަތްތަކެއް ދިވެހި ބަހުގެ އެކެޑެމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމައެހެންމެ އަމިއްލަ ބައެއް ޖަމިއްޔާތަކާ އަމިއްލަ ފަރުދުންގެ ފެންވަރުގައި ވެސް ޅެންވެރިކަމަށް ޚިދުމަތްތަކެއް

Scroll to Top