ޚަބަރު

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ “ސަޤާފީ ދަތުރު” ގެ ބައިވެރިންނާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރައްވައިފި.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އަތޮޅު ތެރެއަށް ކުރާ ސަގާފީ ދަތުރުގައި މިއަހަރު ބައިވެރިވާ 30 ދަރިވަރުންނާ މިއަދު އެ ސްކޫލުގައި ބައްދަލު ކުރައްވައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތާރީޚާއި ތަރިކަ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ތަނަވަސް ކޮށްދެއްވާ ކަމީ ވަޒީރުގެ ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.  “އަޅުގަނޑު މިއަދު […]

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޗައިނާގެ ސަފީރު ވަން ލީ ޝިން އާ  ބައްދަލުކުރެއްވުން

ސީނުކަރައިން  ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލީ ޝިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މި ވުޒާރާއާ ސީނުކަރައާ ދެމެދު ފަހުމުނާމާއެއް އެކުލަވައިލައި، ދެ ޤައުމުގެ ކަލާސިކީ ލިޔުންތައް ތަރުޖަމާކޮށް ޗާޕުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްޤީކުރުމާ ބެހޭ ކަންކަމުގައި ސީނުކަރައިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އއ އަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރު އެއަތޮޅު ހިމަންދޫ ކައުންސިލާ ބައްދަލުކައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހިމަންދޫ އަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ހިމަންދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ހިމަންދޫ ކައުސިލް މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް ގެ މުވައްޒަފުން ބައިވެރިވިއެވެ. ބައްދަލުވުމުގައި އެރަށު ކައުންސިލް ގެ ފަރާތުން ވަނީ ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރާ ހިއްސާކޮށްފައެވެ. އަދިވަކިން ޚާއްޞަކޮށް ވުޒާރާގެ މަސައްކަތްތަކާ

ކަޅުއޮށްފުންމި އޭގެ ހައިބަތުގައި ދާރުލްއާސާރުގެ ސަރަހައްދަށް

  ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. ކަޅުއޮއްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ

ވަޒީރު މާލެ އަތޮޅު ކާށިދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކ. ކާށިދޫ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގައެވެ. މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކާށިދޫ ކައުންސިލާ އެކު ބޭއްވުނު މި ބައްދަލުވުމުގައި އެކައުންސިލް ގެ ނާއިބު ރައީސާ އާއި ކައުންސިލް ގެ ބައެއް މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގެ ފަރާތުންވެސް ބައިވެރިވެލެއްވިއެވެ. މި ބައްދަލުވުމުގައި ކާށިދޫ

“ބައެއްގެ އަޞްލުތައް ސަލާމަތް ކުރަން ބޭނުންނަމަ އެބައެއްގެ ބަސް ސަލާމަތް ކުރަންޖެހޭ”

ބައެއްގެ އަޞްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ތުއްތު ކަމަނަ ސިލްސިލާ” ގެ ނަމުގައި އަމިއްލަ ފަރާތަކުން ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާ އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ބޭއްވި ޙަފަލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް

“ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރޭ”

ޤައުމެއްގެ ޖަމާޢީ ސިކުނޑި ބައްޓަން ކުރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. މާޅޮހުގައި ދިވެހި އަދަބީ ޖަމްޢިއްޔާ ލިޔުންތެރިންގެ ގުޅުމާއި އެރަށު ކައުންސިލް ގުޅިގެން މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އޮތީ ރޭ އއ. މާޅޮހު ފުޓުބޯޅަ ސްޓޭޑިއަމްގައެވެ. މި ޖަލްސާގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވީ އެ ޖަލްސާ

1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޑަކުދިންގެ ހަވީރު

      1445 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ ކުޑަކުދިންގެ ހަވީރު ފެށިއްޖެއެވެ. މި ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.  މި ޙަރަކާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑއިގަންނަވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.   މިއަދު ކުރިއަށްދާ މިހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު

ރަމަޟާން މަހަށް ހުކުރު މިސްކިތް ސަރަޙައްދާއި މުންނާރު ޒީނަތްތެރިކުރަނީ

މިއަހަރުގެ ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަޙައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ތައްޔާރުވާން ފަށައިފިއެވެ. މިކަމަށް ބޭނުންވާ ތައްޔާރީތައް ސްޓެލްކޯއާއެކު މިހާރު ދަނީ ވަމުންނެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރުމިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ހަމަޖައްސާފައިވެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު

ބަނގުލަދޭޝުން ރާއްޖެއަށް އައްޔަނުކުރައްވައިފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ޝައިޚް ޢަބްދުލްކަލާމް އާޒާދު، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

ބަނގުލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝައިޚް ޢަބްދުލްކަމާލް އާޒާދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ބަންގްލަދޭޝް ސަފީރު ވަނީ މި ވުޒާރާއަށް ޒިޔާރަތްކޮށްލެއްވުމުގެ ފުރުޞަތެއް ލިބިވަޑައިގަތުމަކީ ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމަށާއި، ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް މުސްތަޤުބަލު ބިނާކުރުމަށް މި ވުޒާރާގެ މަސައްކަތްތަކަކީ

Scroll to Top