އދ ގެ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން ގެ ޓީމަކާ ވަޒީރު ބައްދަލުކުރައްވައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އދ ގެ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން ގެ ޓީމަކާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމަކީ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (UNWTO) ފަރާތުން “The Island” ގެ ނަމުގައި ތައްޔާރުކުރަމުންދާ ޑޮކިއުމެންޓްރީ ޝޯގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ވަޒީރު އާދަމް ނަޞީރު ވަނީ ދިވެހިރާއްޖޭގައި ޑޮކިއުމެންޓްރީ ޝޯ ގެ […]