އަދަބީ ޚިދުމަތްތެރިޔާ ނައިފަރު މުޙައްމަދު ޒަކަރިއްޔާއާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރެއްވުން
ދިވެހި އަދަބިއްޔާތާއި ސަގާފަތާއި ދިވެހި ޅެންވެރިކަމުގެ އެތައް ލިޔުމެއް ލިޔުއްވައި، ދިވެހި ތާރީޚާއި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ (މީޒާން މުޙައްމަދު ޒަކަރިއްޔާ)ގެ އަރިހަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޒިޔާރަތް ކުރައްވައިފިއެވެ. މުޙައްމަދު ޒަކަރިއްޔާ ނުވަތަ މަޝްހޫރު ނަމުން ނަމަ، ނައިފަރު މީޒާން މުޙައްމަދު ޒަކަރިއްޔާއަކީ ފާދިއްޕޮޅު ނައިފަރުގެ ސިއްހީ ދާއިރާއަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ސިއްހީ ޚިދުމަތްތެރިޔާއެވެ. ސިއްހީ ރޮނގުންނާއި އަދަބީ ރޮނގުން ދިވެހި ދައުލަތުން އޭނާގެ […]