ޚަބަރު

2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި.

2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ރޭ ކުރިއަށް ދިޔަ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި  ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން […]

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ 138 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައި ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ 138 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައި ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި. ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ 138 ބޭފުޅުންނަށް ދިވެހި ދައުލަތުން އަރުވާ ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ދެއްވައިފިއެވެ. މިބޭފުޅުންނަށް މި ޝަރަފު ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅުމުގެ

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާ ކުރައްވައިފި.

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޔޫއެސް ޑޮލަރު ހަދިޔާ ކުރައްވައިފިއެވެ. ދިވެހިބަހުގެ އެކެޑަމީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. އަދި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މިއަދުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ގެންގޮސްފި

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ގެންގޮސްފި. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފި.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފި. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މި ވުޒާރާގައެވެ. މި ބައްދަލުވުމަށް ކައުންސިލްގެ ރައީސްގެ އަރިހުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވެސް ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ދާންދޫގައި ހުރި އާސާރީ ތަނެއް ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރުގައި

“ލޯމާފާނާއި ދިވެހީންގެ ތާރީޚް”ގެ ނަމުގައި ދަރިވަރުންނަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި.

“ލޯމާފާނާއި ދިވެހީންގެ ތާރީޚް”ގެ ނަމުގައި ދަރިވަރުންނަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި. ލޯމާފާނާއި ދިވެހީންގެ ތާރީޚްގެ ނަމުގައި ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝަން ކުރިއަށް ދިޔައީ މިއަދު ޤައުމީ ދާރުލްއާސާރުގައެވެ. މި ސެޝަންގައި ލޯމާފާނާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްދެއްވީ މި ވުޒާރާގެ ތާރީޚާ ބެހޭ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ. ސްކޫލް ދަރިވަރުންނާއި ބެލެނިވެރީންވެސް ބައިވެރިވި މި ސެޝަން ޝަރަފުވެރިކޮށްދެއްވައި ފަށްޓަވައިދެއްވުމުގެ ގޮތުން

އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖްގެ 2 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ.

އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖްގެ 2 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ. އޭޝިއާގެ ޤައުމުތަކުގައި އަސްކަރީ ބާރުތަކުގެ ސަބަބުން ގެއްލެމުންދާ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އިއާދަކުރުމާ ބެހޭ ގޮތުން ‘އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިއާ’ ގެ ފަރާތުން ބާއްވާ ދެވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ތަޤްރީރު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އަލްފާޟިލާ ޢާޞިމާ ޢަލީ އެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބޮޑު އީދަށް ކުޑަހުވަދޫއަށް ވަޑައިގަންނަވައިފި

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބޮޑު އީދަށް ކުޑަހުވަދޫއަށް ވަޑައިގަންނަވައިފި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ދ. ކުޑަހުވަދޫގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލެއްވުމަށް ދިވެހިބަހާ ސަގާފަތާ ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު އެރަށަށް ވަޑައިގަންނަވައިފިއެވެ. ވަޒީރު ކުޑަހުވަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޙަމީދާއި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނެވެ. 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ރާއްޖޭގެ

ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ވަޒީރު މަރުހަބާ ވިދާޅުވެއްޖެ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ. އެކަމަށްޓަކައި ވަޒީރު މަރުހަބާ ވިދާޅުވީ ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަންއަށް ރޭ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.       ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ކަނޑިތީމުގައި މި ހުޅުވުނު ސަގާފީ މަރުކަޒަކީ ވަރަށް އުއްމީދީ ފެށުމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އާސާރީ

ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި.

ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި. ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ލިޔުމުގެ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރު ވެސް ހުޅުވާލައިފިއެވެ. މި އަހަރު ބޭއްވުމަށް ނިންމައި، މިއަދު އިއުލާނުކޮށްފައިވާ މުބާރާތްތަކަކީ، ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބާރާތާއި, ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި, މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތެވެ. މިމުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ސްކޫލްތަކުގެ ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަކަށެވެ.

Scroll to Top