“އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް” ގައި ދެވުޒާރާ ގުޅިގެން ކުރެވޭނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމްފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ބައްދަލުކުރައްވައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މާލެ، ދިވެހިރާއްޖެ “އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް” ގައި ދެވުޒާރާ ގުޅިގެން ކުރެވޭނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމްފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ބައްދަލުކުރައްވައިފި. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް” ގައި ދެވުޒާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރު އާދަމްނަޞީރު އިބްރާހީމް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ބައްދަލުކުރައްވައިފިއެވެ. މި ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި”އައްސޭރި ޓުއަރިޒަމް ޕްރޮޖެކްޓް” ޤާއިމްކުރުމަށްޓަކައި ސީ.ޑީ.އީ ކޮންސަލްޓިންގނަމަކަށް ކިޔާ ކޮންސަލްޓޭޝަން ފަރމްއަކާއެކު ކުރި ދިރާސާތަކުގެ އަލީގައިތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ހުށަހަޅައިދީފައިވެއެވެ. މި ޕްރެޒެންޓޭޝަންގައިފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ، އެ ޕްރޮޖެކްޓް އައްޑޫ ސިޓީގައި ކުރިއަށްގެންދެވިދާނެކަން ފާހަގަކޮށް، އެ ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު، އެ ވުޒާރާގެ އަމާޒުހުންނާނެ ގޮތްތަކާއި ސިފަތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ. އައްޑޫސިޓީގައި ހުރި ބައެއް ޤުދުރަތީ ރީތިކަމާއި، އައްޑޫ ސިޓީއާއި ގުޅިފައިވާ ސަޤާފީތަރިކަތަކާއި ވާހަކަތަކާއި، ގަދީމީ ކާބޯތަކެތީގެ ވާހަކަތަކާއި މިސާލުތަކުގެ މައްޗަށްފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަލިއަޅުވާލައިފައެވެ. އަދި އެފަދަ ކަންކަން މިޕްރޮޖެކްޓުގެތެރޭގައި ބޭނުންކުރެވިދާނޭ ގޮތްތައްވެސް އެވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރުއިބްރާހީމް ވިދާޅުވީ މިކަމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބު ދެއްވާ ކަމެއްކަމަށާއި، މިމިސައްކަތަށް މި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެެއްވާނެކަމަށެވެ. އަދި، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިއްސާ ކުރި ޕްލޭނާ އެއްގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންދެވޭނަމަ، އެމަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު އަދި ނަމޫނާމަޝްރޫޢަކަށްކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މި ވުޒާރާއާ ގުޅުންހުރިދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދެވުޒާރާގެ ދެމެދުގައިފަހުމުނާމާއެއްގައި ސޮއިކޮށް، މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ 9 ޝަޢްބާން 1445 19 ފެބުރުވަރީ 2024