މި ވުޒާރާގެ “ރޯދަ ސާފު” ހަރަކާތުގެދަށުން ހޮނިހިރު ދުވަހު މާލޭ ސަރަހައްދު ސާފު ކުރާނެ
1445 ވަނަ އަހަރުގެ ރޯދައާ ދިމާކޮށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ރޯދަ ސާފު” ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދު ސާފުކުރުން މިއަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ. މާލެ ސަރަހައްދު ސާފުކުރުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ. މާލެއާއި ވިލިމާލެ ބައިތަކަކަށް ބަހާލައި މި ހަރަކާތުގައި ބައިވެރިވާ ޓީމުތައް އެކި ބައިތައް ސާފުކުރާގޮތަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ އެޗްޑީސީ […]