ވަޒީރު ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލާ ބައްދަލު ކުރައްވައިފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހދ.ކުމުންދޫ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުުވުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުމުންދޫ ކައުންސިލާއެކު ބޭއްވުނު މި ބައްދަލުވުމުގައި އެކައުންސިލުގެ ރައީސާއި ކައުންސިލުގެ ބައެއް މެންބަރުންގެ އިތުރުން އެކައުންސިލުގެ ބައެއް އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކުމުންދޫ ކައުންސިލުން ވަނީ ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގެ ކަންކަން މި ވުޒާރާގެ ފަރާތުން ކުރަމުންދާގޮތް ރަނގަޅުކަމަށް ފާހަގަކުރައްވައި އެކަމުގެ ސަބަބުން އެފަދަ މުނާސަބަތުތަކަށް ދެވޭ ސަމާލުކަން އިތުރުވަމުންދާތަން […]