ޚަބަރު

އަދަބީ  ޚިދުމަތްތެރިޔާ ނައިފަރު މުޙައްމަދު ޒަކަރިއްޔާއާ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރެއްވުން

ދިވެހި އަދަބިއްޔާތާއި ސަގާފަތާއި ދިވެހި ޅެންވެރިކަމުގެ އެތައް ލިޔުމެއް ލިޔުއްވައި، ދިވެހި ތާރީޚާއި އަދަބިއްޔާތަށް އަގުހުރި  ޚިދުމަތްތަކެއް  ކޮށްދެއްވާފައިވާ އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ (މީޒާން މުޙައްމަދު ޒަކަރިއްޔާ)ގެ އަރިހަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޒިޔާރަތް ކުރައްވައިފިއެވެ. މުޙައްމަދު ޒަކަރިއްޔާ ނުވަތަ މަޝްހޫރު ނަމުން ނަމަ، ނައިފަރު މީޒާން މުޙައްމަދު ޒަކަރިއްޔާއަކީ ފާދިއްޕޮޅު ނައިފަރުގެ ސިއްހީ ދާއިރާއަށް  އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ސިއްހީ ޚިދުމަތްތެރިޔާއެވެ. ސިއްހީ ރޮނގުންނާއި އަދަބީ ރޮނގުން ދިވެހި ދައުލަތުން އޭނާގެ […]

އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާތްކުރުމަކީ މިޤައުމުގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކުގައި ފޯރުކޮށްދިނުމަށްވެސް  ކުރެވޭ ވަރަށް  މުހިއްމު  މަސައްކަތެއް  –  ރައީސުލްޖުމްހޫރިއްޔާ  ޑރ.މުޙައްމަދު  މުޢިއްޒު

އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކުރުމަކީ މިޤައުމުގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކުގައި ފޯރުކޮށްދިނުމަށްވެސް  ކުރެވޭ ވަރަށް  މުހިއްމު  މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން 3 މޭ 2025ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ގާތްގަނޑަކަށް 15 ގަޑި އިރުވަންދެން ކުރިޔަށް ގެންދެވި ތާރީޚީ ނޫސް ކޮންފަރެންސްގައި  ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، “އަޅުގަނޑުމެން އަބަދުވެސް ހަދާންކުރަންޖެހެނީ އަޅުގަނޑުމެންމީ ކޮންބައެއްކަމާއި އިސްލާމްދީނާއި ދިވެހި ބަހަކީ އަޅުގަނޑުމެންގެ

ނައިބޮލި އަދަބީ ޢީދު 2025″ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ނައިފަރަށް

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ފަރާތުން މިއަހަރު ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް “ނައިބޮލި އަދަބީ ޢީދު 2025″ގެ ނަމުގައި ބާއްވަވާ އަދަބީ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ  ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ނައިފަރަށް ވަޑައިގެންފިއެވެ. މި މުބާރާތްތައް ބާއްވާފައިވަނީ މޭ މަހުގެ 2އިން ފެށިގެން މިއަދުގެ ނިޔަލަށެވެ. މި މުބާރާތްތަކުގެ ތެރޭގައި ކުއްލި މައުޟޫޢަށް ވާހަކަދެއްކުން، ބައިތު ބަޒީ، އިޝާރާތުން ބަސް ހޯދުން، ލަވަ ބާޒީ މީގެ

ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލް އިދާރާގެ މެމްބަރުންނާ ބައްދަކުރެއްވުން

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލާ ބައްދަލުކުރެއްވައިފިއެވެ. މި ބައްދަލުވުމުގައި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދާއި، ކައުންސިލްގެ ނައިބު ރައީސް މުޙަންމަދު ޙުސައިނާއި، ސެކްޓްރެޓެރީ ޖެނެރަލްގެ އިތުރަށް ކައުންސިލްގެ އެހެން ދެ ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މި ވުޒާރާގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނޮޅިވަރަމުގައި ހުރި ބައެއް ތަރިކަތަކުގެ ޙަލަތާ ދެނެގަތުމާއި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމުގެ މައްޗަށެވެ.މި

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކޮޅުމަޑުލު ގުރައިދޫ ކައުންސިލާ ބައްދަކުރެއްވުން.

ކޮޅުމަޑުލު ގުރައިދޫ ކައުންސިލުން މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ރައީސް ތައުފިޤް ޢަލީގެ އިތުރަށް ހަތަރު ބޭފުޅަކުވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ތ. ގުރައިދޫގައި ހުންނަ ޢުޘްމާން ބަންޑާރައިންގެ ޒިޔާރަތުގެ އާބާތުރަފިލުވުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. ވަޒީރު ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މިފަދަ އާސާރީ ތަންތަނަކީ ހަމައެކަނި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީޒު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވައިފި.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީޒު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވައިފި. ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންވީ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމާއި އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އަޝްރަފުގެ އިތުރުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ސަޕޯޓް އޮފިސަރ

ވަޒީރު އާދަމް ނަޞީރު އިބްރާހީމް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނާއި 2025 އެޕްރީލު 20ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމްގެ އިތުރަށް ކޮމިޝަންގެ މެންބަރުންނާއި އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއެވެ. މި ބައްދަލުކުރެއްވުމުގައި މި ވުޒާއާއި އެކޮމިޝަނާ ގުޅިގެން ދިވެހި ނޫސްވެރިކަމުގެ

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށްޓަކައި ޢިލްމުތަކާއި ފަންނުތައް ވެހިކުރުން މުހިންމު: ވަޒީރު

ޤައުމެއްގެ ގޮތުގައި ބަޔަކު އުފެދި އެބައެއްގެ ދައުލަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެ ބަޔަކަށް އެ ތަނަކަށް ހުރިހައި ކަމެއް ވެސް ވެހިކުރަމުން ގެންދާން ޖެހޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ޖަލީސުންނާ މުޚާޠަބުކުރައްވައި ވަޒީރު ވިދާޅުވީ ބައެއްގެ އެބައެއްވަންތަކަން ދެމެހެއްޓޭނީ އެ ބައެއްގެ ތެރެއަށް ބޭރުން އަންނަ ޚިޔާލާއި ފިކުރާއި ޢިލްމާއި

އެއްބައެއްވަންތަކަމުގެ އިޙްސާސުގައި ދެމި ތިބުމަށް އޮތް، އެންމެ ބާރުހުރި ވަސީލަތަކީ މާދަރީ ބަސް: ވަޒީރު

މާދަރީ ބަހަކީ އެއްބައެއްވަންތަކަމުގެ އިޙްސާސުގައި އެއްބައިވަންތަކަމާއެކު ދިވެހިން ދެމިތިބުމަށް އޮތް، އެންމެ މުހިންމު ވަސީލަތްކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފަހާގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑެމީން އިންތިޒާމުކުރައްވައިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވާ ފަދައިން ބަހަކީ ޤުދުރަތީ އުފެއްދެވުމެއް ކަމަށާއި އާ ބަހެއް އުފެދިގެން އަންނަ ޠަބީޢީ ތަރުތީބެއް އޮންނަ ކަމަށެވެ. އެއީ އިންސާނުން އެއްތަނެއްގައި

އަޟްޙާ ޢީދަށް ޚާއްޞަކޮށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރަނީ

އަޟްޙާ ޢީދަށް ޚާއްޞަކޮށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރަނީ 1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ނިންމައިފިއެވެ. މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވަނީ  އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އުސޫލުތައް ކަނޑައެޅުމަށް  އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މިއަދު ބޭއްވުނު ފަންނީ ކޮމިޓީގެ ބައްދަލުވުމުގައި ޢީދުގެ ހަރަކާތްތައް ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށް ޓަކައި ކުރެވިދާނެ

Scroll to Top