ޚަބަރު

ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން ޕީއެސްއެމާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމާ ބެހޭ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ވުޒާރާއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޝްރީނާއި ދެ މުއައްސަސާގެ އިސް މަސްއޫލުވެރީންނާއެކު ކުރިއަށް ގެންދެވުނު މަޝްވަރާގައި ދެ މުއައްސަސާއިން ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން […]

ސަގާފަތާއި ތަރިކައިގެ  ދާއިރާގެ މަތީފެންވަރުގެ  ވަފުދެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރުން

ސަގާފަތާއި ތަރިކައިގެ  ދާއިރާގެ މަތީފެންވަރުގެ  ވަފުދެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރުން. ސީނުކަރައިގެ ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަތީފެންވަރުގެ ވަފުދެއްގެ ބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މި ވަފުދަށް ހޫނު މަރުހަބާއެއް  ވިދާޅުވެ، އެ ބޭފުޅުންނާ އެކު ތަޢާރަފު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އެއިން އާންމުދަނީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފެށުން

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފެށުން. ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން  އަލުން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި ދިވެހި ވަންތަކަމާ ގުޅޭ ގޮތް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު 2025 އޭޕްރީލް 7ވަނަ ދުވަހު އަނެއްކާވެސް މި ވުޒާރާއިން ވަނީ އަލުން ފަށާފައެވެ. މިއަދަށް 83

ތަރިކައިގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން މި ވުޒާރާއިން ކަށަވަރު ކުރާނެ

ތާރީޚާއި ސަގާފަތާއި ތަރިކައިގެ ކަންކަން ދިރުވުމުގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ މި ވުޒާރާއިން ފިޠުރު ޢީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހިއްޗަށް ވަޑައިގަތުގެ ތަމްސީލަށް ބައެއް ފަރާތްތަކުން ފާޑުކިއުމާ ގުޅިގެންނެވެ. ވަޒީރު ވިދާޅުވީ ދީނާ ޚިލާފު ބިދުޢަވެރި އަމަލުތަކުގެ ގޮތުގައި މި ޒަމާނުގެ ދިވެހި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ކަންކަން ތަމްސީލުން އުނިކޮށްފައިވާނެކަމަށާއި އަދި

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް: ވަޒީރު

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރުގެ ތެރެއިން, ޓީވީއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދިވެހީންގެ ސަގާފަތާއި މި ފަދަ ތަރިކަތަކުން އަދުގެ ޒުވާން ޖީލަށް ދަސްކޮށްދޭ ކަންކަމަކީ ކޮބާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން

ފިޠުރު ޢީދުގެ ތަހުނިޔާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ދިވެހީންގެ ފަރާތުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުންގެ ޢީދު ތަހުނިޔާ ވީޑިއޯ  މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބާގައި ގެނެސްދީފިއެވެ. ރާއްޖޭން ބޭރު އެކި ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކާއި ކޮންސިއުލޭޓުތަކާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާ ގުޅިގެން  ޢީދު ހަރަކާތްތަކުގެ ތެރެއިން މިފަހަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ދިވެހީންގެ ޢީދު ތަހުނިޔާ މި ވުޒާރާގެ މީސް މީޑިއާ މެދުވެރިކޮށް ގެނެސްދީފައެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، މެލޭޝިއާ، ޖަރުމަނު،

ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭ ގޮތަށް  ތަރައްޤީކުރެވޭ ތަރިކައިގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް  ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢު

      ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ  ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމުދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން  ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.       ހއ.ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު،  ވުޒާރާގެ މަޝްރޫޢުތަކާ

ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ  ތަމުރީނުތަކެއް މި އަހަރު ހިންގަން ފެށޭނެ.

އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ރާއްޖޭގެ ހުރިހައި ރަށެއްގައި ތިބުން މުހިންމު ކަމަށާއި ކުރިޔަށް އޮތްތާނގައި އެ ރޮނގުން ޚާއްޞަ ތަމްރީނު ޕްރޮގްރާމުތަކެއް ހިންގަވާނެ ކަމަށް،  ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.   ހއ.ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު  ދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް

ހއ. ކެލާ ރަށްވެހި އާސާރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

     ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.  އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. މި މަސައްކަތް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ

ރޯދައިގެ ރޫޙު-ހުނަރާއި އިތުރު ޤާބިލްކަމުގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މި ވުޒާރާގެ ހުރިހާ މުވައްޒަފުންނަށް ޚާއްޞަކޮށް ރޯދައިގެ ރޫޙު-ހުނަރާއި އިތުރު ޤާބިލްކަމުގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ވުޒާރާގައި ރޭ ބޭއްވި މި ހަފުލާގައި ވުޒާރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ އިދާރީ މަސައްކަތްތަކާއި އަމަލީ މަސައްކަތްތައް ހަލުއިކުރުމާއި ފެންވަރު ރަނގަޅުކޮށް ޚިދުމަތްތެރީންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް މި ވަގުތު ފެށިފައިވާ މަސައްކަތްތަކާ ބެހޭ ތަޢާރަފު

Scroll to Top