ބަނގުލަދޭޝުން ރާއްޖެއަށް އައްޔަނުކުރައްވައިފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ޝައިޚް ޢަބްދުލްކަލާމް އާޒާދު، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.
ބަނގުލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝައިޚް ޢަބްދުލްކަމާލް އާޒާދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ބަންގްލަދޭޝް ސަފީރު ވަނީ މި ވުޒާރާއަށް ޒިޔާރަތްކޮށްލެއްވުމުގެ ފުރުޞަތެއް ލިބިވަޑައިގަތުމަކީ ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމަށާއި، ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް މުސްތަޤުބަލު ބިނާކުރުމަށް މި ވުޒާރާގެ މަސައްކަތްތަކަކީ […]