“ބައެއްގެ އަޞްލުތައް ސަލާމަތް ކުރަން ބޭނުންނަމަ އެބައެއްގެ ބަސް ސަލާމަތް ކުރަންޖެހޭ”
ބައެއްގެ އަޞްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ތުއްތު ކަމަނަ ސިލްސިލާ” ގެ ނަމުގައި އަމިއްލަ ފަރާތަކުން ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާ އިފްތިތާޙު ކޮށްދެއްވުމަށް މިއަދު ބޭއްވި ޙަފަލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް […]