ދިވެހިބަހުގެ ޤާނޫނަށް އިސްދިނުމަށް ގޮވާލައްވައިފި
ދިވެހިބަހުގެ ޤާނޫނަށް އިސްކަން ދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝަރަފް ޢަބްދުއްރަޙީމް ގޮވާލައްވައިފިއެވެ. ދިވެހިބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވަހަކަފުޅުގައި ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ، ފަހަކަށް އައިސް ދިވެހި ދައުލަތުގެ އިދާރާތަކުން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަ ވެފައިވާ ކަން ފާހަގަކުރައްވަމުންނެވެ. ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ރާއްވަވައި އިސްލާމީ ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ޑރ. އަޝްރަފް އިތުރަށް ވިދާޅުވީ، ރަސްމީ ސިފައެއްގައި […]