“ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން، އަދި ހަށިގަނޑަކީ މޫރިތި ސުންނަތް” -ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ހަށިގަނޑަކީ މޫރިތި ސުންނަތް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، “ދަތުރުވެރިޔާ” ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދ.ކުޑަހުވަދޫ އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމްދީނާއި ޤައުމިއްޔަތަށް ތަފާތު ދެ […]