ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ބަސް ދެކޭނީ ވަރަށް ނަސީބުވެރި މޫސުމެއް -މިނިސްޓަރ
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ 5 އަހަރުގެ ޤައުމިއްޔަތު އިޔާދަ ކުރުމުގެ މަޝްރޫޢުގެ ސަބަބުން ދިވެހި ބަހާއި އަދަބިއްޔާތާއި، ދިވެހިވަންތަކަމަށް އިސްކަން ދިނުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިބަސް މި ދައުރުގެ ތެރޭގައި ދެކޭނީ ވަރަށް ނަސީބުވެރި ދުވަސްތަކެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ […]