ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނާއި 2025 އެޕްރީލު 20ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމްގެ އިތުރަށް ކޮމިޝަންގެ މެންބަރުންނާއި އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްއެވެ.

މި ބައްދަލުކުރެއްވުމުގައި މި ވުޒާއާއި އެކޮމިޝަނާ ގުޅިގެން ދިވެހި ނޫސްވެރިކަމުގެ ދާއިޜާގެ ބަހަވީ ކަންކަން ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިއެވެ.

މީގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތް މީޑިޔާ މެދުވެރިކޮށް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވުނެވެ.

Scroll to Top