ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފެށުން.
ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން އަލުން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި ދިވެހި ވަންތަކަމާ ގުޅޭ ގޮތް ތަޢާރަފުކޮށް އެރުވުމުގެ ބައްދަލުވުންތައް ރަމަޟާން މަހަށް މެދުކަނޑާލުމަށް ފަހު 2025 އޭޕްރީލް 7ވަނަ ދުވަހު އަނެއްކާވެސް މި ވުޒާރާއިން ވަނީ އަލުން ފަށާފައެވެ.
މިއަދަށް 83 ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު މި މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ޤައުމިއްޔަތާ ގުޅުން ހުރި މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ. މިގޮތުން އެކިއެކި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާއި ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ސުކޫލުތަކުގެ ދަރިވަރުންނަށާއި އިދާރީ އިސް ބޭފުޅުންނަށްވެސް ވަނީ ޤައުމިއްޔަތުގެ މަޙުފޫމުތައް ތަޢާރަފުކޮށް އެރުވިފައެވެ.
މީގެ އިތުރުން ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު ބައްދަލުވުން ފުރަތަމަ ފަހަރަށް އަތޮޅުތަކަށް ފެށުމުގެ ރަސްމީ ޖަލްސާ 2025 ފެބުރުވަރީ 27ވަނަ ދުވަހު ހއ އުތީމުގައި ވަނީ ބާއްވާފައެވެ.
މި ބައްދަލުވުން މަދުވެގެން ކޮންމެ ހަފުތާއަކުވެސް 3 ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.