ކޯޕަރޭޓް ޑިޕާޓްމަންޓް
ކޯޕަރޭޓް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ މެންޑޭޓްގައި ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މަސައްކަތްތައް ރާވައި ހިންގުމާއި މާލީ ކަންކަމާއި، އިދާރީ ކަންކަމާއި، ޤާނޫނީ ކަންކަމާއި، ޕަބްލިކްރިލޭޝަންގެ ރޮނގުން ދާއިރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި މަޤުޞަދު ޙާޞިލު ކުރުމަށް ވުޒާރާގެ މަސައްކަތްތައް ވަނީ ސެކްޝަންތަކަކާއި ޔުނިޓްތަކަކަށް ބަހާލެވިފައެވެ.
އައި.ޓީ.ސީ ސެކްޝަން
މިނިސްޓްރީގެ އައި.ޓީ.ސީގެ މަސައްކަތަކީ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ސޮފްޓްވެއަރތައް ހޯދައި ސިސްޓަމްތައް ޤާއިމްކޮށް ބަލަހައްޓައި މުވައްޒަފުން އަހުލުވެރިކުރުމާއި، މިނިސްޓްރީގެ ވެބްސައިޓް އުފައްދައި ތަރައްޤީކޮށް، ހަރުދަނާކޮށް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތު ހޯދުމާއި ޝަކުވާ އާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުމަށް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އީ-ސަރވިސް ނިޒާމެއް ތަޢާރަފްކޮށް ބެލެހެއްޓުމެވެ.
ޕަބްލިކް ރިލޭޝަންސް ސެކްޝަން
ޕަބްލިކް ރިލޭޝަންސްގެ މަސައްކަތަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި، މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތަސައްވުރު ރަނގަޅުގޮތުގައި ދައްކައިދިނުމާއި، މި ދާއިރާއިން އިންތިޒާމުކުރާ ޕްރޮގްރާމްތަކާއި ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން މީޑިއާއަށް ފޮނުވަންޖެހޭ މައުލޫމާތު ހިއްސާކޮށް، އާންމުކުރުމާއި، މީޑިއާ އާއެކު ރަނގަޅު ގުޅުމެއް ގާއިމްކޮށް މިނިސްޓްރީގެ ދާއިރާގެ ހުރިހައި ކަމަކަށް މީޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދަން މަސައްކަތްކުރުމާއި، މިނިސްޓްރީގެ ވެބްސައިޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާ، ދާއިރާގެ މީސް މީޑިއާގެ ހުރިހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
ޤާނޫނީ ސެކްޝަން
މިނިސްޓްރީ އިން ކުރާ ޤާނޫނީ މަސައްކަތަކީ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކަށް ބޭނުންވާ ގާނޫނުތައް ތައްޔާރުކުރުމާއި، ދާއިރާއާ ގުޅުންހުރި ގާނޫނުތަކަށް ގެންނަން ފެންނަ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޤާނޫނީ ލަފާ ދިނުމާއި ދާއިރާއާ ގުޅުންހުރި ގާނޫނުތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ގަވައިދާއި އުސޫލުތައް ތައްޔާރުކޮށް މުރާޖަޢާކޮށް ވިލަރެސްކޮށް ހަރުދަނާކޮށް ތަންފީޒުކުރާ މިންވަރު ބެލެހެއްޓުމެވެ. އަދި މީގެ އިތުރުން ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ބަންޑާރަނާއިބުގެ އޮފީހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މި ސެކްޝަންގެ މަސައްކަތްތަކަކީ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ކަނޑައެޅުމާއި ތަމްރީނުތައް ހޯދައިދިނުމާއި މުސާރައާއި އިނާޔަތްތަކާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުމާއި، ދާއިރާގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ކޮމިޓީ (އެޗް.އާރް.އެމް.ޑީ) ގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް ދާއިރާއަށް ބޭނުންވާ ފަންނީ މަގާމުތައް ހިމެނޭގޮތަށް އޮނިގަނޑު އެކުލަވާލާ ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
އެޑްމިނިސްޓްރޭޝަން ސެކްޝަން
މި ސެކްޝަނުގެ މަސައްކަތްތައް ބަހާލާފައިވަނީ ދެ ޔުނިޓެއްގެ މައްޗަށެވެ. އެއީ އެޑްމިނިސްޓްރޭޝަން ޔުނިޓާއި ޕްރޮކިއުރުމަންޓް ޔުނިޓެވެ. މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދައިދިނުމެވެ.
އެޑްމިނިސްޓްރޭޝަން ޔުނިޓް
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ، ދާއިރާގެ ” ސްޓްރެޓެޖިކް އެކްޝަން ޕްލޭން” ތައްޔާރުކޮށް އެކުލަވާލައި، ވިލަރެސްކުރުމާއި، މިނިސްޓްރީގެ ލިޔެކިޔުންތަކުގެ ރެކޯޑްސް ބެލެހެއްޓުމާއި، ކަމާބެހޭ ސެކްޝަންތަކާ ހަވާލު ކުރުމާއި، ލިޔެކިޔުންތައް މޮނިޓަރކުރުމާއި، އިންވެންޓްރީއާއި އޮފީހުގެ ހަރުމުދާ ބެލެހެއްޓުމާއި، ޔައުމިއްޔާއާއި އަހަރީ ރިޕޯޓު ތައްޔާރު ކުރުމާއި، އަހަރީ މަސައްކަތުގެ ތާވަލް ތައްޔާރުކުރުމާއި، މިނިސްޓްރީގެ ދަތުރުތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި މިނިސްޓަރސް ބިޔުރޯގެ އެންމެހައި މަސައްކަތްތައް ރާވައިހިންގައި ބެލެހެއްޓުމެވެ.
ޕްރޮކިއުރުމަންޓް ޔުނިޓް
މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ، މިނިސްޓްރީއަށް ބޭނުންވާ ޚިދުމަތާއި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި، މިނިސްޓްރީގެ ޕްރޮކިއުރުމަންޓްގެ މަސައްކަތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުތަކާއި އެއްގޮތަށް ހަމަޖައްސައި ބެލެހެއްޓުމާއި، ދާއިރާގެ ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ރަސްމީ ބޭނުންތަކުގައި ރާއްޖޭއާ ރާއްޖޭން ބޭރަށް ކުރަންޖެހޭ އެންމެހައި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.
ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން
މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ އޮފީހުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމާއި، އޮފީހުގެ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ފައިސާ ބަލައިގަތުމާއި އޮފީހަށް ލިބޭ އާމްދަނީއާއި ކުރެވޭ ޚަރަދުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި އެންމެ ފައިދާ ހުރިގޮތަށް ބަޖެޓް ބޭނުންކުރަމުންދޭތޯ ބެލުމާއި، މާލީ ކަންކަމާ ގުޅޭ އިރުޝާދު ދިނުމާއި، މާލީ ބަޔާން ތައްޔާރުކުރުމާއި، ދާއިރާގެ ބަޖެޓާއި ޓްރަސްޓް ފަންޑުތަކާއި މިކަންކަމާ ގުޅިގެން މާލީ ވުޒާރާއާއެކު، ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމެވެ. އަދި، ސެޕް ސިސްޓަމް އަދި ބަނޑޭރި ޕޯޓަލް ގެ ރިކުއެސްޓްތައް މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދައި ކަމާއިގުޅޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތް ކުރުމެވެ.
އިވެންޓްސް ސެކްޝަން
މި ސެކްޝަންގެ މަސައްކަތްތަކަކީ، ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިޙްތިފާލުތައް ބޭއްވުމާއި، ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން، ދިވެހި މުޖުމަތަޢުގައި ކަންކަމާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފައްދައި ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް މަސައްކަތް ކުރުމެވެ.
ޕްރޮޖެކްޓް ސެކްޝަން
މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތައް، އޯވަރވިއުކުރުމަކީ މި ސެކްޝަންގެ މައިގަނޑު އެއް މަސައްކަތެވެ. ދިވެހި ސަރުކާރާ، އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ” މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ރިގަރޑިންގ އިންޑިއަން ގްރާންޓް އެސިސްޓަންސް ފޮރ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ތުރޫ ލޯކަލް ބޮޑީޒް” ގެ އިންޕްލިމެންޓިން އޭޖެންސީއެއްގެ ހައިސިއްޔަތުން މި އެމް.އޯ.ޔޫ ގެ ދަށުން މި މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫޢުތައް އައިލްސް ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރުން، އަދި މި އަދާހަމަތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހިއްސާކުރުން. މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް، ބެލުމާއި މަޝްރޫޢުތައް ރިވިއުކުރުން.