ކޮޅުމަޑުލު ގުރައިދޫ ކައުންސިލުން މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ރައީސް ތައުފިޤް ޢަލީގެ އިތުރަށް ހަތަރު ބޭފުޅަކުވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ތ. ގުރައިދޫގައި ހުންނަ ޢުޘްމާން ބަންޑާރައިންގެ ޒިޔާރަތުގެ އާބާތުރަފިލުވުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ވަޒީރާ ހިއްސާކުރައްވާފައެވެ. ވަޒީރު ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މިފަދަ އާސާރީ ތަންތަނަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ އިމާރާތްތަކެއް ނޫންކަމަށާއި، އެފަދަ ތަންތަނަކީ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭ ޤައުމީ ހެކިތައްކަން ފާހަގަކުރެއްވިއެވެ. މި ގޮތުން ދިވެހީންގެ ދެމި ތިބުން ކަށަވަރުކުރުމުގައި އެފަދަ ތަރިކަތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ އަހަންމިޔަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން މި ވުޒާރާއިން ވަނީ މިބައްދަލުމުބުގައި ބައިވެރިވި ކައުންސިލްގެ ބޭފުޅުންނަށް ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި ދިވެހި ވަންތަކަމާއި ގުޅޭގޮތް ތަޢާރަފުކޮށް އެރުވުމުގެ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައެވެ.

Scroll to Top