އާދަމް ނަޞީރު އިބްރާހީމް
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1973ވަނަ އަހަރުއެވެ. ބަހާއި އަދަބިއްޔާތާއި އުނގަންނާދިނުމުގެ ދާއިރައިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވެއެވެ. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖްކަމުގެ ހުވާކުރެއްވީ 17 ނޮވެންބަރު 2023ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓު މެންބަރެއްގެ ގޮތުގައެވެ. އާދަމް ނަޞީރު އިބްރާހީމަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.