އަޟްޙާ ޢީދަށް ޚާއްޞަކޮށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރަނީ

1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ނިންމައިފިއެވެ. މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވަނީ  އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އުސޫލުތައް ކަނޑައެޅުމަށް  އެކުލަވާލައިފައިވާ ފަންނީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު ބޭއްވުނު ފަންނީ ކޮމިޓީގެ ބައްދަލުވުމުގައި ޢީދުގެ ހަރަކާތްތައް ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.   ޤައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ބޭއްވިޔަސް މުޅި ރާއްޖެ ޝާމިލުވާނެހެން ކަންކަން އިންތިޒާމުކުރުމެވެ. އެކި ކަންކޮޅުތަކުގައި އެކި ފަރާތްތަކުން ބާއްވާ ހަރަކާތްތައް ޤައުމީ ޓީވީން ދުރަށް ދެއްކޭނެ ގޮތްތައް ވީހާވެސް ބޮޑަކަށް ހަމަޖެއްސުމެވެ.  އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން އީދުގެ ހަރަކާތްތައް ބަންޓަންކުރުމަށް ބާރު އަޅައި، އެކަން ކަށަވަރުކުރުމަށް އިސްކަން ދިނުމެވެ. ޚާއްޞަކޮށް  ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމަށް މިންގަނޑުތައް ކަނޑައަޅާ އިރު،  އެ ފަދަ ހަރުދަނާ އިޞްލާޙީ ވިސްނުމެއްގެ މައްޗަށް ކަންކަން އެކަށައެޅުމެވެ.

މި ކޮމެޓީގައި ދީނީ ކަންކަމުގައި ލަފާދެއްވުމަށް  ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.  ފަންނީ ކަންކަމުގައި ޕީއެސްއެމުންނެވެ. އިންތިޒާމީ އިދާރީ ކަންކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.

Scroll to Top