އަލްފާޟިލާ ޔުމްނާ މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1970ވަނަ އަހަރުއެވެ. ފަންނާއި ބަހަވިއްޔާތުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވެއެވެ. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރު 2018 ގައި ރައީސް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓު މެންބަރެއްގެ ގޮތުގައެވެ. ޔުމްނާ މައުމޫނަކީ ދިވެހި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.