ދިވެހި އަދަބިއްޔާތާއި ސަގާފަތާއި ދިވެހި ޅެންވެރިކަމުގެ އެތައް ލިޔުމެއް ލިޔުއްވައި، ދިވެހި ތާރީޚާއި އަދަބިއްޔާތަށް އަގުހުރި  ޚިދުމަތްތަކެއް  ކޮށްދެއްވާފައިވާ އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ (މީޒާން މުޙައްމަދު ޒަކަރިއްޔާ)ގެ އަރިހަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޒިޔާރަތް ކުރައްވައިފިއެވެ.

މުޙައްމަދު ޒަކަރިއްޔާ ނުވަތަ މަޝްހޫރު ނަމުން ނަމަ، ނައިފަރު މީޒާން މުޙައްމަދު ޒަކަރިއްޔާއަކީ ފާދިއްޕޮޅު ނައިފަރުގެ ސިއްހީ ދާއިރާއަށް  އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ސިއްހީ ޚިދުމަތްތެރިޔާއެވެ. ސިއްހީ ރޮނގުންނާއި އަދަބީ ރޮނގުން ދިވެހި ދައުލަތުން އޭނާގެ އަގުވަޒަންކުރައްވާފައިވެއެވެ. އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. މިހާރު ވެސް އޭނާ ލިޔުއްވައި ޗާޕު ކުރަންވެފައި ހުރި ބައެއް ފޮތް އޭނާ ހިއްސާކުރެއްވިއެވެ.

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ފަރާތުން މިއަހަރު ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް “ނައިބޮލި އަދަބީ ޢީދު 2025″ގެ ނަމުގައި ބާއްވަވާ އަދަބީ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މިއަދު ނައިފަރަށް ވަޑައިގެން ނައިފަރުގެ އަދަބީ ޚިދުމަތްތެރީންނާ ބައްދަލުކުރައްވައި ވަޒީރު ގެންދަވަނީ ދާއިރާގެ ކުރިއެރުމަށް އެބޭފުޅުންނާ މަޝްވަރާކުރައްވަމުންނެވެ.

Scroll to Top