ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ފަރާތުން މިއަހަރު ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް “ނައިބޮލި އަދަބީ ޢީދު 2025″ގެ ނަމުގައި ބާއްވަވާ އަދަބީ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ  ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ނައިފަރަށް ވަޑައިގެންފިއެވެ.

މި މުބާރާތްތައް ބާއްވާފައިވަނީ މޭ މަހުގެ 2އިން ފެށިގެން މިއަދުގެ ނިޔަލަށެވެ. މި މުބާރާތްތަކުގެ ތެރޭގައި ކުއްލި މައުޟޫޢަށް ވާހަކަދެއްކުން، ބައިތު ބަޒީ، އިޝާރާތުން ބަސް ހޯދުން، ލަވަ ބާޒީ މީގެ އިތުރަށް ޖާފަތެއް ހިމެނެއެވެ. ނައިފަރު ކައުންސިލްގެ ފަރާތުން ކުރިއަށްގެންދަވާ މި ހަރަކާތްތަކުގައި އެ ރަށުގެ 8 މުއައްސަސާއަކުން  ބައިވެރިވެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މިމުބާރާތްތަކުގެ ފަޑިޔާރުންގެ ގޮތުން މިވުޒާރާގެ ފަރާތުން 3 ބޭފުޅަކުވަނީ ހަމަޖައްސާފައެވެ.  އެއީ އަލްފާޟިލް ޢަބްދުއްރަހީމް ޢުމަރު (ކަނީރު) އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު އަދި އަލްފާޟިލާ ފާޠިމަތު ޢުމަރެވެ.

މީގެ އިތުރުން މި މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނޭޝަނަލް އައިޑެންޓިޓީގެ ކޮންސެޕްޓްތަކާއި ދިވެހި ވަންތަކަމާއި ގުޅޭގޮތް ތަޢާރަފުކޮށް އެރުވުމުގެ ދަންފަޅިއެއް މި މޭ މަހުގެ 5ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Scroll to Top