ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ދިވެހި ސަރުކާރުން އުފެއްދެވީ 18 ޖަނަވަރީ 2024ގައެވެ. އޭގެ ކުރިން 21 ޖަނަވަރީ 2014އިން ފެށިގެން މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި މި ވުޒާރާ ހިނގައިފައިވެއެވެ.
ދިވެހި ބަހަށް ޚާއްޞަ އިސްކަމެއް ދެއްވައި އަލުން މި ވުޒާރާގެ ނަމާއި މަސްއޫލިއްޔަތުތައް އިޞްލާޙުކުރައްވައި އާ ނަމެއްގައި އުފެއްދެވީ މިހާރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ އެމަނިކުފާނު ސަރުކާރު ހިންގެވުމުގެ ސިޔާސަތުތަކުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ އެންމެހައި ކަންކަން މި ވުޒާރާއާއި މަތިކުރެއްވުމާއެކުގައެވެ. މި ދެންނެވި ނިޒާމު ފުރިހަމަ ކުރުމަށް ޓަކައި މި ވުޒާރާގެ ދަށުން ތަރުތީބުވާ މުއައްސަސާތަކުގެ ތެރޭގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު (ދިވެހި ޤައުމިއްޔަތުގެ އިސްވަރު) އާއި، ދިވެހި ޤައުމީ ޗާޕު ޚާނާ ހިމެނެއެވެ. އޭގެ އިތުރަށް ދިވެހި ބަހުގެ އެކެޑެމީއާއި، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ޤައުމީ ދާރުލްއާސާރު ހިމެނިގެންވަނީ މި ވުޒާރާގެ ބެލެހެޓުންތެރިކަމުގެ ދަށުގައެވެ.

Scroll to Top