އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކުރުމަކީ މިޤައުމުގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކުގައި ފޯރުކޮށްދިނުމަށްވެސް ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން 3 މޭ 2025ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ގާތްގަނޑަކަށް 15 ގަޑި އިރުވަންދެން ކުރިޔަށް ގެންދެވި ތާރީޚީ ނޫސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، “އަޅުގަނޑުމެން އަބަދުވެސް ހަދާންކުރަންޖެހެނީ އަޅުގަނޑުމެންމީ ކޮންބައެއްކަމާއި އިސްލާމްދީނާއި ދިވެހި ބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ފުން 2 އަސާސްކަމުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދިވެހިވަންތަކަން ހިމާތްކުރުމާއި، ޢިލްމީ ގޮތެއްގައި ދެމެހެއްޓުމަކީ އެމަނިކުފާނުގެ ވަޢުދު ފުޅެއްކަމުގައެވެ. އެގޮތުން ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވާދިނުމާއި، ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖެގެ ތަރިކަ ހިމާޔަތްކުރުމުގެ އަހަންމިއްޔަތުގެ މައްޗައް، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖޫމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
ބަދަލުވަމުންދާ ދުނިޔޭގައި އަޅުގަނޑުމެން މިހެން ދިވެހީން ދައުލަތެއްގެ ގޮތުގައި ދެމި ތިބޭން މަސައްކަތްކުރާ އިރު، އަދި ވަކިން ޚާއްސަކޮށް ބޭރު ޤައުމަކަށް ދިއުމުން ބައެއް ފަހަރު އަޅުގަނޑުމެންގެ އައިޑެންޓިޓީ ހަނދާންނެތިގެންދާ ފަހަރުވެސް އަންނަކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހީންގެ (އަޅުގަނޑުމެންގެ) އައިޑެންޓިޓީ ހިމާތްކުރުމަކީ މިޤައުމުގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކުގައި ފޯރުކޮށްދިނުގައި ވެސް ކުރެވޭނެ ވަރަށް މުހިއްމު މަސައްކަތެއްކަމާއި، އަޅުގަނޑުމެންގެ ނެޝަނަލިޓީ، އަޅުގަނޑުމެން ޤައުމުދެކެ ލޯބިވުން، ދިވެއްސަކަށްވުމަކީ ކޮބައިކަން އެނގިގެންދިއުމަކީ ކުރެވޭ ފިކުރީ އިންވެސްޓްމަންޓެއަކަމުގައި ވިދާޅުވިއެވެ.
ހަމަ އެއާ އެކީގައި ޤައުމިއްޔަތާގުޅޭ މަޝްވަރާތައް ހިންގުމަށްޓަކައި އިލްމީ ނަޒަރަކުން މަޝްވަރާކުރެވި ވަރަށްގިނަ ކަންތައްތައް އެބަކުރެވޭ ކަމަށާއި، އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާ އާދަކާދަތަކާ، މިކަންތައްތައް ދިރާސާކޮށް ހިމާޔަތްކުރެވި ކުރިއަށްއޮތް ޖީލުތަކަށް ރައްކާތެރިކާތެރި ގޮތުގައި، ސިސްޓަމެޓިކް ގޮތެއްގައި ކުރިއަށް ގެންގޮސްދިނުމަށް ޓަކައި ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވިދާޅުވެފައިވެއެވެ.