ކަނޑުތަކުގެ ރަސްގެފާނުގެ ގޮތްފާޑު ދިވެހި ފޮތް އަލަމާރިތަކަށް
ދިވެހީންގެ ކަނޑުގެ ދިރުންތަކުގެ މައްޗަށް އަދުގެ ޖީލުތައް އަހުލުވެރިކުރުމަށް ޓަކައި ލިޔުންތެރިޔާ ޙަސަން ޒަރީރު ލިޔުއްވާން ފަށްޓަވައިފައިވާ ފޮތުގެ ސިލްސާގެ ފުރަތަމަ ފޮތް މިއަދު ނެރުއްވައިފިއެވެ. މިޔަރުގެ ދިރިއުޅުމުގެ މައްޗަށް އަމާޒުކޮށް ކަނޑުތަކުގެ ރަސްގެފާނުގެ ގޮތްފާޑުގެ ނަމުގައި އެކުލަވައިލެއްވި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
ބަހާބެހޭ ވުޒާރާގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮތުގެ މުޞައްނިފު ޒަރީރު ވިދާޅުވީ މި ސިލްސިލާގެ މައިގަނޑު ބޭނުމަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު ކުރިއަށް އޮތް ޖީލުތަކަށް ދިވެހި ބަހުން ފޯރުވައިދިނުންކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ފޮތް މިޔަރަށް ޚާއްޞަކުރީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ކަނޑު ހައިވާނުގެ ތެރޭގައި ހިމެނޭ ދިވެހީން ކުރީން އެންމެ ބޮޑު އާމްދަނީއެއް ހޯދިި އެއްޗަކީ މިޔަރުކަމަށްވުމެވެ. އެހެންވީމާ މިޔަރާ ބެހޭ މަޢުލޫމާތު މުހިންމުވަނީއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި މި ފަދަ މުހިންމު ޢިލްމީ މައުލޫމާތުތަކެއް ދިވެހި ބަހަށް ގެނެސްދެވި ކަމަށް ޓަކައި ލިޔުންތެރިޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ފޮތް އަލަމާރިއަށް އާ ފޮތެއް އިތުރުކޮށްެދެއްވި ކަމަށް ޓަކައި ތަހުނިޔާއާއި މަރުޙަބާ ވިދާޅުވިއެވެ.
ލިޔުންތެރިޔާ ހަސަން ޒަރީރު ވަނީ އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުމުގެ ނަމުގައި ވެސް ފޮތެއް ލިޔުއްވައިފައެވެ. މިއީ 435 ޞަފުޙާގެ ފޮތެކެވެ. އޭނާ މިހާރު ލިޔުއްވަމުން ގެންދަވަނީ ކަޅުއޮށްފުންމިއާ ބެހޭ ވަކި ޚާއްޞަ ފޮތެކެވެ.